ޕެންޝަން އޮފީހުގެ ބޯޑަށް އާ ދެ މެންބަރަކު އައްޔަންކުރައްވައިފި

ޕެންޝަން އޮފީހުގެ ބޯޑަށް އާ ދެ މެންބަރަކު އައްޔަންކުރައްވައިފި

ގުޅުންހުރި

ޕެންޝަން އޮފީހުގެ ބޯޑަށް އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ގޮތުގައި ދެ މެންބަރަކު އައްޔަންކުރައްވައިފި އެވެ. މިގޮތުން އައްޔަންކުރެވިފައިވަނީ ސަރުވަޝް އާދަމާއި އަބްދުލް މަޖީދު އަލީ އެވެ.

ސަރުވަޝް އާދަމަކީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުން މިދިޔަ އަހަރުގެ ކުރީކޮޅު އިސްތިއުފާދެއްވި ބޭފުޅެކެވެ. އޭގެ އިތުރުން، އޭނާ ވަނީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމާއި މީރާގެ ޗެއާޕާސަންގެ މަގާމުވެސް އަދާކުރައްވާފައެވެ.

އަބްދުލް މަޖީދު އަލީއަކީ 2022 ވަނަ އަހަރުވެސް ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބޭންކް އޮފް ސިލޯނުގައިވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަމަށް އެނގިފައިވެއެވެ.

މި ދެ ބޭފުޅުން ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރާ ބޭފުޅުންގެ ގޮތުގައެވެ. މިހާރު ޕެންޝަން އޮފީހުގެ ބޯޑުގައި ތިއްބެވި މެންބަރުންނަކީ:

  • ޑރ. އަހުމަދު އިނާޒް: ބޯޑުގެ ޗެއާޕާސަން
  • އަޝްރަފް ރަޝީދު: ފިނޭންސް މިނިސްޓްރީ ތަމްސީލުކުރައްވާ މެމްބަރު
  • ޝިފާޒާ ވަޖީހު: ސޯޝަލް ސެކިއުރިޓީ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު
  • ފާތިމަތު އަބްދުﷲ ކަމާލުއްދީން: ސެކިއުރިޓީޒް މާކެޓް ރެގިއުލޭޓާ ތަމްސީލުކުރައްވާ މެމްބަރު
  • މިޒްނާ މުހައްމަދު: އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރައްވާ މެމްބަރު
  • ސަރުވަޝް އާދަމް: އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރައްވާ މެމްބަރު
  • އަބްދުލް މަޖީދު އަލީ: އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރައްވާ މެމްބަރު

ޕެންޝަން އޮފީހުގެ ބޯޑުގައި ހިމެނެނީ 7 މެންބަރުންނެވެ. މެންބަރުންގެ ދައުރަކީ 3 އަހަރު ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ