ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިފި

ގުޅުންހުރި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތުމަށް ކާމިޔާބު ވެއްޖެއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެ އައި ޝިޕްމަންޓެއް ބަލައި ފާސްކުރުމަށް މިއަދު ފަތިހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.5 ކިލޯ ހުރި ކަމަށާއި، އޭގެ ތެރޭގައި 2.1 ކިލޯގެ މެތަމްފެޓަމިން، އެއް ކިލޯގެ ކެޓަމިން އަދި 301 ގްރާމުގެ ހެރޮއިން ހިމެނޭ ކަމަށް ކަސްޓަމްސްއިން ހާމަކުރިއެވެ.

ކަސްޓަމްސްއިން ލަފާކުރާ ގޮތުގައި މި މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 6.7 މިލިއަން ރުފިޔާއަށް އަރާނެއެވެ.

މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ