ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއަށް އާ ޖެންސެޓެއް ގެންގޮސްފި

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއަށް އާ ޖެންސެޓެއް ގެންގޮސްފި

ގުޅުންހުރި

އައްޑޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެއް މެގަވޯޓުގެ އާ ޖެންސެޓެއް ރޭ އައްޑޫ ސިޓީއަށް ގެންދެވިއްޖެއެވެ. މި ޖެންސެޓަކީ ފެނަކަ ކޯޕަރޭޝަނާއި ސަރުކާރުން އެ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާއިން ގެނެވުނު ޖެންސެޓެކެވެ.

ފެނަކައިން ހާމަކުރި ގޮތުގައި މި އާ ޖެންސެޓް ބެހެއްޓުމަށްފަހު އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައިގެ ބޮޑު ބައެއް ހައްލުވެ، ކުރިއަށް އޮތް ރޯދަމަހު ކަރަންޓު ނުކެނޑި މެނޭޖްކުރެވޭނެއެވެ. މީގެ ކުރިން ސަރުކާރުން ވަނީ 1.8 މެގަވޯޓުގެ ޖެނަރޭޓަރު ސެޓެއް އިންސްޓޯލްކޮށް، ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްފައެވެ.

ފެނަކައިން މީގެ ކުރިން ބުނެފައިވަނީ އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޓަރުތަކަށް މައްސަލަ ދިމާވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ކަރަންޓު އުފެއްދުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި ރޯދަމަހަކީ ކަރަންޓުގެ ބޭނުންކުރުން އިތުރުވާ މަހެއްކަމަށާއި، އައްޑޫގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާކަމަށް ބުނެފައިވެއެވެ.

ފެނަކައިން ފާހަގަކޮށްފައިވާ ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާއެކެވެ. ފެނަކައިން ވަނީ މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރަމުންދާކަން ފެނަކައިން ބުނެފައިވެއެވެ.

އާ ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފެށުމުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ގިނަ ދުވަސްތަކެއް ނުވެ ހައްލުވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ