"މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446″ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

"މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446″ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

ގުޅުންހުރި

"މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446″ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ، ޔުނިވަރސިޓީގެ ތިން ދަރިވަރަކާއި، މިޞްރުގެ ޤާރީއެއްގެ ޤުރުއާން ކިޔެވުން ހުށަހަޅައިދީފައެވެ. މީގެ އިތުރުން، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރު އާއި، ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ލެކްޗަރަރ އައްޝައިޚް ޢަބްދުލްޢަޒީޒު ޙުސައިން އަދި ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސްގެ ޑީން އައްޝައިޚް ނިމާލް މުޙައްމަދު، ކިޔެވި ދިޔަ ބައެއް އާޔަތްތަކާއި ގުޅުންހުރި މައުޟޫޢުތަކަށް ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މި އަހަރުގެ މަހުރަޖާނުގެ ހުށަހަޅުންތެރީންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

"މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446″ ޕްރޮގްރާމަކީ 2006 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ އިސްނެގުމުގެ މަތިން، ކޮންމެ އަހަރެއްގެ ރަމަޟާން މަހު ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި މަހްރަޖާނަކީ ރީތި ރާގުތަކަށް ކީރިތި ޤުރުއާން ކިޔަވައި، ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމުގެ މާތް މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ