މާލެ ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މަޤާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަންއިން އިޢުލާންކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ހާމަކުރިގޮތުގައި، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޭޕްރިލް 6 އާ ހަމައަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހޮވޭ ފަރާތަށް މަހަކު 20,500 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15,000 ރުފިޔާ ލިބޭނެއެވެ.
ކޮމިޝަނުން އިތުރަށް ހާމަކުރިގޮތުގައި، މި މަޤާމަށް ހޮވޭ ފަރާތް ޢައްޔަންކުރެވޭނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަނުން ވަނީ 29 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް އިޢުލާންކޮށްފައެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް އެ އަދަދަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް އިޢުލާންކޮށްފައިވެއެވެ.