މާލެ، 11 މާރިޗު 2025 – މާލޭގައި ދިރިއުޅެމުން އަންނަ ނ. މަނަދޫ، ރީޙުއްސަބާ، 37 އަހަރުގެ އަބްދުﷲ ޝިހާދު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ޝިހާދު ގެއްލިފައިވަނީ 2025 މާޗު 8 ވަނަ ދުވަހުގެ 16:51 އިން ފެށިގެންނެވެ. އޭގެ ފަހުން އާއިލާއަށް އެއްވެސް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް 2025 މާރިޗު 10 ވަނަ ދުވަހުގެ 20:05 ގައި ޝިހާދުގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.
އާއިލާގެ މެންބަރުން ބުނާ ގޮތުގައި ޝިހާދުގެ ފޯނަށްވެސް ގުޅޭނެ ގޮތެއް ނެތެވެ. މިހާރު ފުލުހުން ދަނީ ޝިހާދު ހޯދުމުގެ މަސައްކަތް ހަލުވިކޮށް ކުރަމުންނެވެ.
ޝިހާދާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގަންނަވާ ފަރާތްތަކުން 3322111 ނަންބަރަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ 9631696 ނަންބަރަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން އާންމުންނަށް ގޮވާލައްވައިފިއެވެ.