ވައްކަމުގެ ތުހުމަތުގައި ފުލުހުން ޒުވާނަކު ހޯދަނީ

ވައްކަމުގެ ތުހުމަތުގައި ފުލުހުން ޒުވާނަކު ހޯދަނީ

Author
ހުސައިން
09 މާރޗް 2025 10:22
0

ވައްކަމުގެ ތުހުމަތުގައި ޒުވާނަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ކުރަމުންދާއިރު، އޭނާއާ ބެހޭ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދެފިއެވެ.

ފުލުހުން ހޯދަމުންދަނީ ގ. ސީވޭވްގައި ދިރިއުޅޭ 24 އަހަރުގެ މުޙައްމަދު ތިބްޔާން ޝަހީންއެވެ. މި ޒުވާނާ ހޯދަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަޙުޤީޤުކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައިކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ޒުވާނާއާ ބެހޭ މަޢުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އާންމުންނަށް ގޮވާލައިފައިވެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން އެ އިދާރާއަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.