ނަތީޖާއާއި، މެދު ހިތްހަމަ ނުޖެހުނަސް ކުޅުމާ މެދު ހިތްހަމަޖެހޭ: ކުލޮޕް

ނަތީޖާއާއި، މެދު ހިތްހަމަ ނުޖެހުނަސް ކުޅުމާ މެދު ހިތްހަމަޖެހޭ: ކުލޮޕް

Author
އިބްރާހީމް ސާޢިދު
31 ޑިސެމްބަރ 2020 05:26
0

ނަތީޖާ މެދު ހިތްހަމަ ނުޖެހުނަސް ލިވަޕޫލްއިން މެޗު ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގޮން ކުލޮޕް ބުނެފިއެވެ.

ރޭ އިނގިރޭސި ލީގުގައި ނިއުކާސަލް އަތުން ލަނޑެއް ނުޖެހި އެއްވަރުވި މެޗަށްފަހު ވާހަކަދައްކަމުން ކުލޮޕް ބުނީ ނަތީޖާ މެދު އެއްވެސް ވަރަށްކަށް ހިތްހަމަނުޖެހޭ ކަމަށެވެ. އެކަމަކު ޓީމުން ދެއްކި ކުޅުމުގެ ސަބަބުން އޭނާ މާޔޫސް ނުވާކަމަށް ކުލޮޕް ވަނީ ބުނެފައެވެ. އޭނާ ބުނީ މިއީ ފުޓްބޯޅައިން ދައްކާ ހަގީގަތް ކަމަށާއި މެޗުތަކުގައި ލިބޭ ފުރުސަތުތަކުގައި ބޭނުން ނުހިފޭ ކަމަށްވާނަމަ މޮޅުވާން އުނދަގޫވާނެ ކަމަށެވެ.

މެޗުގައި ދެއްކި ކުޅުމާމެދު އަހަރެންގެ އެއްވެސް މައްސަލައެއްނެތް، ކުރިޔަށް ހުރި މެޗުތަކުގައި ލަނޑު ނުޖެހުުގެ މައްސަލައަށް ހައްލެއް އަހަރަމެންނަށް ހޯދޭނެ.

– މީގެ ހަތަރު އަހަރު ކުރިން ލިވަޕޫލްއާ ހަވާލުވި ކޯޗު ބުނެފައިވެއެވެ.

30 އަހަރުފަހުން ލިވަޕޫލްއަށް ލީގު ހޯދައިދިން ކޯޗު ބުނީ ބައެއްފަހަރު އެއްވަރުވަނީ މެޗުގެ ކުޅުން ގޯސްވުމުން ކަމަށާއި އެކަމަކު ރަނގަޅަށް ކުޅޭ މެޗަކުންވެސް އެއްވަރު ވެދާނެކަމަށެވެ. މެޗުގެ ނަތީޖާ މެދު ހިތްހަމަނުޖެހޭ ސަބަބަކީ މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށް ކުލޮޕް ބުނެފައިވެއެވެ.

ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 16 މެޗުން 33 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.