ވިލާ ކޮލެޖުން މޭ މަހުގެ އިންޓޭކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ވިލާ ކޮލެޖުން މޭ މަހުގެ އިންޓޭކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ގުޅުންހުރި

ވިލާ ކޮލެޖުން 2025 ވަނަ އަހަރުގެ މޭ މަހުގެ އިންޓޭކަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. ކޯސްތަކަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް 19 ވަނަ ދުވަހެވެ.

މި އިންޓޭކުގައި ކޮލެޖުން ވަނީ ތަފާތު ފެންވަރުގެ 198 ކޯހަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ. މީގެ ތެރޭގައި މާސްޓާސް ފެންވަރުގެ 30 ކޯހާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 27 ކޯހާއި، ޑިގްރީ ފެންވަރުގެ 51 ކޯހާއި، ޑިޕްލޮމާ ފެންވަރުގެ 54 ކޯހާއި، ފައުންޑޭޝަން ފެންވަރުގެ 17 ކޯހާއި، ސެޓްފިކެޓް 3 ފެންވަރުގެ 18 ކޯހާއި، ސެޓްފިކެޓް ލެވެލް 2 ގެ އެއް ކޯސް ހިމެނެއެވެ.

ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޓީޗިން، އެޑިއުކޭޝަން، ޝަރީއާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، މާކެޓިން، ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސްތައް ހިމެނެއެވެ.

މީގެ އިތުރުން ރިސާޗް، ނާސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތު، އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތު ސާވިސަސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ހޮސްޕިޓަލިޓީ މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާރްޓްސްގެ ކޯސްތައްވެސް މި އިންޓޭކުގައި ހިމެނެއެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވިގޮތުގައި އެ ކޮލެޖުގެ މައިގަނޑު އަމާޒަކީ އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން އަދި މަސައްކަތުގެ އަހުލާގީ މިންގަނޑުން ދުނިޔޭގެ ވަޒީފާގެ ބާޒާރަށް ގާބިލު ބަޔަކު އުފެއްދުމެވެ. މި ގޮތުން ކިޔަވައިދިނުމުގެ އެކި މަރުހަލާތަކުގައި ދަރިވަރުންނާއި އިންޑަސްޓްރީއާ ގުޅުވާލައި، އިންޑަސްޓްރީ އެކްސްޕޯޝާ ލިބޭނެ އިންތިޒާމް ހުރިހާ ޕްރޮގްރާމެއްގައިވެސް ހިމަނާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވިލާ ކޮލެޖުގައި ޒަމާނީ ވަސީލަތްތަކުގެ ގޮތުގައި އޮގްމެންޓެޑް ރިއަލިޓީ، ވާޗުއަލް ރިއަލިޓީ އަދި އެކްސްޓެންޑެޑް ރިއަލިޓީ ފަދަ ޓެކްނޮލޮޖީތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުން އަންނަ ކަމަށާއި، އެކި ދާއިރާތަކުގެ ޕްރޮގްރާމްތަކަށް ޚާއްސަ 11 ލެބް ގާއިމްކޮށްފައިވާ ކަމަށްވެސް ޑރ. ނަޖީބު ފާހަގަކުރެއްވިއެވެ.

މޭ މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރެއިން، އިންޖިނިއަރިން، ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވައި ހުރިހާ ކޯހެއްގައިވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް ވިލާ ކޮލެޖުން ބުނެފައިވެއެވެ.

ކޯސްތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ވިލާ ކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. ކޯސްތައް މާލޭގައި ހުންނަ ކިއުއައި ކެމްޕަހުގެ އިތުރުން ނައިފަރު، ގަން، މަހިބަދޫ، ހިތަދޫ އަދި ކުޅުދުއްފުށި ކެމްޕަސްތަކުގައިވެސް ކުރިއަށް ގެންދާނެއެވެ.

ވިލާ ކޮލެޖަކީ ކިއުއެސް ރޭޓިންގައި އެކްސެލެންސަށް ރޭޓްކުރެވިފައިވާ ރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ. އެ ކޮލެޖަށް ވަނީ ކިއުއެސް ސްޓާ ރޭޓިންގައި 3 ދާއިރާއަކުން 5 ތަރީގެ ދަރަޖަ ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ