ރޯދަ ހަދިޔާ މާރިޗް 10 ގެ ނިޔަލަށް ރާއްޖެތެރެއަށް ފޯރުކޮށްދެވޭނެ: އާދަމް ޝަރީފު

ރޯދަ ހަދިޔާ މާރިޗް 10 ގެ ނިޔަލަށް ރާއްޖެތެރެއަށް ފޯރުކޮށްދެވޭނެ: އާދަމް ޝަރީފު

ގުޅުންހުރި

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެފައިވަނީ މި އަހަރުގެ ރޯދަ ހަދިޔާ މާރިޗް 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ބަހާ ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. ޕޯސްޓްގައި ވަޒީރު ފާހަގަކުރައްވާފައިވަނީ ގއ. އަދި ގދ. އަތޮޅުގެ ހުރިހާ ރަށަކަށް މާދަމާ ރޯދަ ހަދިޔާ ފޯރުކޮށްދެވޭނެ ކަމަށެވެ.

"އޭރުން މުޅި ރާއްޖެ ކަވަރުވީ" މިފަދައިން ވަޒީރު ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މި ރަމަޟާން މަހު މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:30 އިން 11:30 އާ ދެމެދުގައި ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ. ވަޒީރުގެ ޕޯސްޓާއެކު، މާލޭގައި ރޯދަ ހަދިޔާ ބެހުމަށް ހަމަޖެހިފައިވާ ތަންތަނާއި ގަޑިތައް ހާމަކޮށްފައިވާ ޕޯސްޓެއް ވެސް ހިއްސާކުރައްވާފައިވެއެވެ.

ރޯދަ ހަދިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ފަށާފައިވާ ހަދިޔާއެކެވެ. މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ބަހަމުން އަންނަނީ މަސްދަޅު ކޭހެވެ.

ރޯދަމަހުގެ މި ހަދިޔާއަކީ ގިނަ ރައްޔިތުން އިންތިޒާރުކުރާ ހަދިޔާއަކަށް ވެފައިވާއިރު، މިއަހަރު ރޯދަ ހަދިޔާ ލިބުމުގައި އެއްވެސް ރަށަކަށް ދަތިކަމެއް ނުދިމާވާނެކަމަށް ވަޒީރު އިތުބާރު ކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ