މާލޭ ސިޓީ ކައުންސިލުން ފްލެޓް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި

މާލޭ ސިޓީ ކައުންސިލުން ފްލެޓް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި

ގުޅުންހުރި

’ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4،000 ހައުސިންގ ޔުނިޓު ލިބޭނެ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި، ބައްދަލުވުމަށް ޙާޟިރުވެވަޑައިގެންނެވި 12 ކައުންސިލަރުންގެ ތެރެއިން 8 ކައުންސިލަރުންގެ ވޯޓުން، ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ސެޓްއަޕެއް ސިޓީ ކައުންސިލްގައި ޤާއިމުކުރުމަށް ފާސްކުރިއެވެ.

ހައުސިންގ މިނިސްޓްރީން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު ދީފައިވެއެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިޙް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުގެ ބައިވެރިވުމެއް ނެތި ލިސްޓު އިވެލުއޭޓްކޮށްފައިވާތީ، އެ ލިސްޓު ބަލައިނުގަތުމަށް ހުށަހަޅުއްވާ ކަމަށެވެ. ނަމަވެސް މި ހުށަހެޅުމަށް ލިބިފައިވަނީ އެންމެ ދެ ވޯޓެވެ.

ސައިފް ފާތިޙް ވިދާޅުވީ، ކުލީ ސައިކަލެއްގައި ދިރިއުޅޭ ގިނަ ފަރާތްތަކާއި، ތަޢުލީމާއި ފަރުވާ ހޯދުމަށް ކައިރި ޤައުމުތަކަށް ވަގުތީގޮތުން ދިޔަ ފަރާތްތަކާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ލިސްޓުން އުނިކޮށްފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ