ވަޒީފާއި ވަކިކޮށްފާނެކަމުގެ ބިރުދައްކައިގެން ކުރާ މަސައްކަތެއް ނުހުއްޓުވޭނެ: ޑރ.އިޔާޒު

ވަޒީފާއި ވަކިކޮށްފާނެކަމުގެ ބިރުދައްކައިގެން ކުރާ މަސައްކަތެއް ނުހުއްޓުވޭނެ: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2020 03:02
0

އަދާކުރަމުންދާ ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކައިގެން ކުރަމުންދާ މަސައްކަތް ހުއްޓުވައި ނުލެވޭނެކަމަށް ޝައިޚު ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ފަހަކަށް އައިސް ވަރަށް ފާޅުކަން ބޮޑުކޮށް، ސިޔާސީ ބޭފުޅުން ދައްކަވާ ވާހަތަކަށާއި، އިސްލާމްދީނާއި ޚިލާފަށް ކުރެވޭ ކަންކަމުގައި ފާޑު ވިދާޅުވެ ވާހަކަދައްކަވާތީ ޝައިޚް އިޔާޒަށްދަނީ އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ޝައިޚް އިޔާޒުގެ މިމަސައްކަތް ހުއްޓުވުމަށް ދެމުންދާ އިޒާރުތަކަށް އިޝާރާތްކޮށް ވިދާޅުވީ އެފަދަ ކަންކަންކޮށް ބިރު ދައްކައިގެން ފަހަތަކަށް ނުޖެއްސޭނެކަމަށެވެ.

ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރު ދައްކައިގެން އަޅުގަނޑު ކުރާ މަސައްކަތެއް ހުއްޓުވައެއް ނުލެވޭނެ. އިންޝާ ﷲ. ރިޒުޤު ދެއްވާނީ ﷲ.

– ޝައިޚް ޑރ.އިޔާޒު ވިދާޅުވިއެވެ.

ޑރ.އިޔާޒު އަދާކުރައްވަމުން ގެންދަނީ އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރާއެއްގެ ވަޒީފާއެވެ. ޑރ.އިޔާޒަށް މިފަދަ ޕްރެޝަރުތައް ކުރިމަތިވެފަވާއިރު، އިޔާޒު ގެންދަވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ފާޅުކަން ބޮޑުކޮށް ޓުވިޓާގައި ރައްދު ދެއްވައި، ރައީސް ނަޝީދު ކްރިމަސް ދުވަހާއި ގުޅިގެން ދެއްކެވި ވާހަތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޑރ. އިޔާޒުވަނީ ރައީސް ނަޝީދަށް އެކި ފަހަރުމަތީން ތައުބާވުމަށްވެސް ގޮވާލާފައެވެ.

ޑރ.އިޔާޒުގެ ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑީޔާގައި އެމްޑީޕީގެ އިސްބޭފުޅުން އިޔާޒަށް ބަހުގެ ހަމަލާތައް ދަނީ ދެއްވަމުންނެވެ. ނަމަވެސް ޑރއިޔާޒުވަނީ ދީނާއި ޚިލާފަށް ކުރެވޭ ކަންކަމާއި، ދައްކަވާ ވާހަތަކަށް ހައްގު ބަސް ބުނުމުގައި ދެމި ހުންނަވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ع علي وحيد
ސޭޚު ޑރ އިޔާޒު ، އެހެން ނޫންތޯ ހަމަ އަސްލުވެސް ޑރ އިޔާޒު ، އިޔާޒޫ ގައުމީ އޮތީ ތިންބާރު ވަކިން މަނަވެސް ގާނޫނު އަސާސީ ބުނާގޮތުން ރަށްޔިތުންގެ މަޖިލިސްވެސް ، ޖުޑިސަރީވެސް ހަމަ މަގުން ނެއްޓި ދާކަމަށްވަންޏާއި، އިބުރާހީމް މުޙައްމަދު ސޯލިޙުގެ މައްޗަށް ،(ގައުމާއި، ގައުމުގަ މިއޮތް މާތްވެގެންވާ އިސްލާމްދީން ހިމާޔަތް ކުރުމަށް) ގާނޫނު އަސާސީން އެބަލާޒިމުރޭ އަދި އިސްލާދީން އިބުރާހީމް މުޙައްމަދު ސޯލިޙުގެ މަށްޗައް އެބަ ވާކިބުކުރޭ މި ކަންކަމުން މިގައުމު ސަލާމަތްކުރުމަށް އެހެން ވީމަ މިކަންކަން ކުރާމީހުނައް ތިރަށްދުދޭމިންވަރަށް މިކަންކަން ހުއްޓުވުމަށް އިބްރާހިމް މުހައްމަދު ސޯލިޙުއަށްވެސް ނަސޭހަތް ތެރިވާންޖެހޭ އަދި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ނުކޮށްފިނަމަ ވެރިކަމުން އެންމެ ފުރަތަމަ ދުރުކުރަންޖެހެނީ އިބުރާހީމް މުޙައްމަދު ސޯލިޙު ކަމުގައިވެސް ޑރ އިޔާޒު އަށް ނަސޭހަތް ތެރިވަން