އިސްތިޢުފާ ބަލައިނުގަތުމުން، ޙުސްނުއްސުޢޫދު ޖޭއެސްސީއަށް އިސްތިޢުފާގެ ސިޓީ ފޮނުއްވައިފި

އިސްތިޢުފާ ބަލައިނުގަތުމުން، ޙުސްނުއްސުޢޫދު ޖޭއެސްސީއަށް އިސްތިޢުފާގެ ސިޓީ ފޮނުއްވައިފި

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ފަނޑިޔާރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވުމަށްފަހު މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީއެއް ފޮނުއްވައިފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ޙުސްނުއްސުޢޫދު އިސްތިޢުފާ ދެއްވާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ޢާއްމުކުރި ސިޓީ ޖޭއެސްސީގެ ރައީސަށް ލިބިވަޑައިގެންފައި ނުވާކަމަށް ޖޭއެސްސީން ބުނުމާގުޅިގެން ސުޢޫދު ވަނީ އިތުރު ސިޓީއެއް ފޮނުއްވާފައެވެ.

ޖޭއެސްސީން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ނިންމީ ފަނޑިޔާރުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސުޢޫދުގެ އިސްތިޢުފާގެ ސިޓީ ޖޭއެސްސީއަށް ލިބިފައިނުވާތީ، އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތައް ކުރިއަށް ގެންދިއުމަށާއި، ސުޢޫދުގެ އިސްތިޢުފާ ބަލައިނުގަތުމަށެވެ.

އެހެންކަމުން، ސުޢޫދު ވަނީ ޖޭއެސްސީގެ ރައީސަށް އެޑްރެސްކޮށް އިސްތިޢުފާގެ ސިޓީއެއް ޖޭއެސްސީއަށް ފޮނުއްވާފައެވެ. މި ސިޓީއާއެކު ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފޮނުއްވި ސިޓީގެ ކޮޕީވެސް އޭނާ ވަނީ އެއްކަރުދާސް ކުރައްވާފައެވެ.

ސުޢޫދުގެ އިސްތިޢުފާއާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ޚަބަރު އަޕްޑޭޓް ކުރެވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ