ގެއްލިގެން ދިޔަ ދުވަސްތައް ހޯދުމަށް އާއަހަރު، އާއަޒުމެއްގައި މަސައްކަތް ކުރަންޖެހޭ

ގެއްލިގެން ދިޔަ ދުވަސްތައް ހޯދުމަށް އާއަހަރު، އާއަޒުމެއްގައި މަސައްކަތް ކުރަންޖެހޭ

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2020 02:45
0

ކޯވިޑް-19 ގެ ސަބަބުން ތަޢުލީމީ ދާއިރާއިން ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ ހޯދުމަށް އައު އަހަރާއެކު އައު އަޒުމެއްގައި މަސައްކަތްކުރަންޖެހޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް ޤައުމީ މުބާރާތް 2020ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކުރުމަށް ބޭއްވި ރަސްމިޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ މި އަހަރު ކޯވިޑް-19 ގެ ސަބަބުން ތަޢުލީމީ ދާއިރާއިން ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ ހޯދުމަށް އައު އަހަރާއެކު އައު އަޒުމެއްގައި މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި، މި ކަމުގައި ހުރިހާ ބެލެނިވެރިން ވެސް، ދަރިވަރުންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، މި އަހަރުގެ މުބާރާތް ވަރޗުއަލްކޮށް ކުރިއަށް ގެންދިއުމުގެ ކަންކަން އިންތިޒާމުކޮށް، މުބާރާތުގެ އެންމެހައި ކަންކަމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް ޤައުމީ މުބާރާތް އިންތިޒާމުކޮށްފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެސް މުބާރާތުގައި ބައިވެރިވެވޭ ގޮތަށެވެ. މިއީ، މި ގޮތަށް މިފަދަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ އަދި ދެވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި، ޤުރުއާން ހިތުދަސްކުރި ފަސް ޙާފިޡުންނަށް ވެސް އެ މަނިކުފާނު އިނާމު ހަވާލުކޮށްދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.