މާލެ ސިޓީގެ ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ސިޓީ ކައުންސިލުން ގެނައި ޕަމްޕުތައް ބޭނުންކުރަން ފަށައިފި

މާލެ ސިޓީގެ ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ސިޓީ ކައުންސިލުން ގެނައި ޕަމްޕުތައް ބޭނުންކުރަން ފަށައިފި

Author
ހުސައިން
02 މާރޗް 2025 10:40
0

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މާލޭގެ މަގުތަކުން ފެން ހިންދުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ގެނެސްފައިވާ ޚާއްޞަ ޕަމްޕުތައް ބޭނުންކުރަން ފަށައިފިއެވެ. މިކަން އިއުލާންކުރެއްވީ މާލޭގެ މޭޔަރ އާދަމް އާޒިމެވެ.

މޭޔަރ އާޒިމްގެ ވިދާޅުވީ، މި ޕަމްޕުތަކަކީ މިހާތަނަށް އާންމުކޮށް ބޭނުންކުރަމުން އައި ޕަމްޕުތަކަށްވުރެ 10 ގުނަ ބާރުމިނުގައި ފެންބޭރުކުރެވޭ ޕަމްޕުތަކެކެވެ. އަދި މީގެ އެންމެ ބޮޑު ޚާއްޞަކަމަކީ މި ޕަމްޕުތައް ފެން ނަގާ ހޮޅީގައި ކުނި ޖެހިގެން ނުހުއްޓޭތީ، ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ފެންބޭރުކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

މީގެކުރިން މާލެ ސިޓީ ކައުންސިލުން ވަނީ ފެބްރުއަރީ 28 ވަނަ ދުވަހު މި ޕަމްޕުތައް ޑިފެންސް މިނިސްޓްރީއާ ޙަވާލުކުރުމަށް ނިންމައި، އެކަން އަންގައި ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގައި އެމްއެންޑީއެފްއަކީ މާލެ ސިޓީ ކައުންސިލާއެކު އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއެވެ.

މޭޔަރ އާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މި ޚާއްޞަ ޕަމްޕުތަކުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ޒަމާނުއްސުރެ ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ﷲ ސުބުހާނަހޫ ވަތަޢާލާގެ ހެޔޮ ރަޙުމަތްފުޅުން ރަނގަޅު ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.