ރަމަޟާން މަސް ފާއިތުވުމުގެ ކުރީން އެމަހުން ފައިދާ ހާސިލް ނުކުރެވުނު މީހަކަށްވުރެ ވަކީން ބޮޑު އަބާއްޖަވެރިއަކު ނުހުންނާނެ: ޚުޠުބާ

ރަމަޟާން މަސް ފާއިތުވުމުގެ ކުރީން އެމަހުން ފައިދާ ހާސިލް ނުކުރެވުނު މީހަކަށްވުރެ ވަކީން ބޮޑު އަބާއްޖަވެރިއަކު ނުހުންނާނެ: ޚުޠުބާ

Author
ހުސައިން
28 ފެބްރުއަރީ 2025 01:43
0

ރަމަޟާން މަސް ފާއިތުވުމުގެ ކުރީން އެމަހުން ފައިދާ ހާސިލް ނުކުރެވުނު މީހަކަށްވުރެ ވަކީން ބޮޑު އަބާއްޖަވެރިއަކު ނުހުންނާނެކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ރޯދަވެރިޔާ އަމަލުތައް ބަހައްޓާންވީ ގޮތް" މިމައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ ސަލަފުއް ސާލިހުން ރަމަޟާންމަހާ ކުރިމަތިލައްވާފައިވަނީ އެންމެ ހިނދުކޮޅެއްވެސް ހެޔޮކަމުން މުހުރޫމް ނުވާނޭ ގޮތަށް ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ބައެއް ބޭކަލުންނަކީ ކީރިތި ގުރުއާން ކިޔަވައި ވިދާޅުވުމުގައި މުޅި ވަގުތު ހޭދަކުރެއްްވި ބޭކަލުންކަން ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ މާތްﷲ ރުއްސުންލެއްވި އަބުދުﷲ ބުނު މަސްއޫދު ރަމަޟާންމަސް ނޫން މަސްތަކުގައި އެއް ހުކުރުން އަނެއް ހުކުރަށް ގުރުއާން ޚަތިމް ކުރައްވާއިރު، ރަމަޟާން މަހުގައި ތިން ދުވަހު ގުރުއާން ޚަތިމް ކުރައްވާ ކަމުގައެވެ.

ތާބިޢި ބޭކަލުންގެ ތެރެއިން ޤަތާދަތު-ރަހިމަހުﷲ – ރަމްޟާންމަސް ނޫން މަސްތަކުގައި ހަތް ދުވަހުން ޤުރުއާން ޚަތިމް ކުރައްވާއިރު، ރަމަޟާން މަހުގައި ތިން ދުވަހުން ޤުރުއާން ޚަތިމް ކުރައްވައެވެ. އަދި ރަމަޟާންމަހުގެ ފަހު ދިހައިގައި ކޮންމެ ދުވަހަކު ޚަތިމް ކުރައްވައެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ ރޯދަމަހަކީ ހަށިގަޑަށް ފައިދާހުރި، ހަލާލު ތަކެތި ކެއުމަށް ބާރުއަޅާންޖެހޭ މަހެއްކަމުގައެވެ. ނަމަވެސް ކެއިން ބުއިމުގައި އިސްރާފުކޮށްގެން ނުނާނޭކަމަށާއި އެއީ މާތްﷲ ނުހަނު ބޮޑަށް ކޯފާވެވޮޑިގެންވާ ކަމުގައިވެސް މިއަދު ހުކުރު ޚުޠުބާގައި ބަޔާން ކުރައްވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.