ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އިހަވަންދޫ "ފުއްޓަރު އުފާ" ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އިހަވަންދޫ "ފުއްޓަރު އުފާ" ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައިދެއްވައިފި

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިހަވަންދޫ  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އިން ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ހިތްފަސޭހަ މައިޒާން، "ފުއްޓަރު އުފާ" ގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ. އެ ކަމަނާ މި ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ މިއަދު ހަވީރު އެކަމަށްޓަކައި ހއ. އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ރަށު އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވައި، އެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ބައްލަވައިލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ