ރޭންޖާސް ލީގުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް

ރޭންޖާސް ލީގުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް

Author
އިބްރާހީމް ސާޢިދު
31 ޑިސެމްބަރ 2020 12:07
0

ސްކޮޓިޝް ޕްރިމިއަރޝިޕްގައި އެސްޓީ މިރެން ބަލިކޮށް ރޭންޖާސްއިން ލީގުގެ އެއްވަނައިގަ 16 ޕޮއިންޓުގެ ލީޑެއް ދަމަހައްޓައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ރޭންޖާސް މޮޅުވީ 2-0 ލަނޑުންނެވެ. ރޭންޖާސްއަށް މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ކެމާ ރޫފޭގެ އިތުރުން އަލްފްރެޑޯ މޮރެލޮސްއެވެ. މިއީ ލީގުގައި ވިދިވިދިގެން ރޭންޖާސް އިން ހޯދި 13 ވަނަ މޮޅެވެ. މިއީ ވޭތުވެދިޔައި 92 އަހަރުގެ ތެރޭގައި އެޓީމުން ލީގުގައި ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. ލީގުކަޕުގައި ރޭންޖާސް ވަނީ މިރެން އަތުން ބަލިވެ މުބާރާތުން ކަޓައިފައެވެ.

މި ނަތީޖާއެކު ލިވަޕޫލްގެ ކުރީގެ ކެޕްޓަންގެ އިރުޝާދުދޭ ރޭންޖާސް އެއްވަނައިގަ އޮތީ އެންމެފަހުގެ ޗެމްޕިއަން ސެލްޓިކް އަށްވުރެ 16 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ރޭންޖާސް އެއްވަނައިގަ އޮތީ 21 މެޗުން 59 ޕޮއިންޓާއެކުއެވެ. ސެލްޓިކް ދެވަނާގައި އޮތީ 18 މެޗުން ހޯދި 43 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.