މުސާރަތައް ކުޑަކުރެވެން ނެތްކަމަށް ރައީސަށް ލަފާ އެރުވުމަށް ފާސްކޮށްފި

މުސާރަތައް ކުޑަކުރެވެން ނެތްކަމަށް ރައީސަށް ލަފާ އެރުވުމަށް ފާސްކޮށްފި

Author
ހުސައިން
24 ފެބްރުއަރީ 2025 02:27
0

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލިސް މެންބަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ކުޑަކުރެވެން ނެތްކަމަށް ރައީސަށް ލަފާ އެރުވުމަށް ވަނީ ފާސްކޮށްފައެވެ.

މި މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ އިއްތިފާގުންނެވެ. މި ވޯޓުގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

މުސާރަތައް ކުޑަކުރުމަށް ސަރުކާރުން ހުށަހަޅާފައިވަނީ ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދެ އަހަރުގެ މުއްދަތަށް އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި މިއީ މި އަހަރަށް ފާސްކުރާ ބަޖެޓާއެކު ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރެއިން ބަދަލެއްކަން ރައީސް ވަނީ އިއުލާނުކުރައްވާފައެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ މަޖިލިސް މެންބަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށެވެ. އަދި މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި އަސާސީ މުސާރައިގެ ގޮތުގައި 12،000 ރުފިޔާއަށް ވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން ވެސް 10 ޕަސެންޓު އުނިކުރުމަށް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.