ރިޔާސީ ބަޔާނަށް އިނދިކޮޅުގެ ރައްދު: މިއީ މިހާތަނަށް ހުށަހެޅުނު އެންމެ އޮޅުވާލުން ބޮޑު ރިޔާސީ ބަޔާން!

ރިޔާސީ ބަޔާނަށް އިނދިކޮޅުގެ ރައްދު: މިއީ މިހާތަނަށް ހުށަހެޅުނު އެންމެ އޮޅުވާލުން ބޮޑު ރިޔާސީ ބަޔާން!

ގުޅުންހުރި

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ރިޔާސީ ބަޔާނަކީ މިހާތަނަށް ހުށަހެޅުނު އެންމެ އޮޅުވާލުން ބޮޑު ރިޔާސީ ބަޔާންކަމަށް ބުނެ އިނދިކޮޅު އެމްޑީޕީން ރިޔާނަށް ރައްދު ދީފިއެވެ.

އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެފައިވަނީ މި ރިޔާސީ ބަޔާނުގައި ރައްޔިތުންގެ ހާލަތާ ގުޅޭ އެއްވެސް ވާހަކައެއް ހިމަނާފައި ނުވާ ކަމަށެވެ. އޭގެ އިތުރުން، މި ސަރުކާރުން އެއް އަހަރުގެ ތެރޭގައި 20 ބިލިއަން ރުފިޔާގެ ދަރަނިވެރިވެފައިވާއިރު، އެ ފައިސާ ހޭދަކުރި ގޮތުގެ އެއްވެސް ތަފްސީލެއް ދީފައިނުވާކަމަށާއި، އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމަނާފައި ނުވާކަމަށް ވިދާޅުވިއެވެ.

ނާޒިލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތުން މިވަގުތު ތިބީ ހާސްކަމެއްގެ ތެރޭގައެވެ. ނަމަވެސް މި ހާސްކަން ފިލުވާނެ ގޮތެއް، އިޤްތިޞާދު ހިންގާނެ ގޮތެއް، އާމްދަނީ އިތުރުކުރާނެ ގޮތެއް، ދަރަނި ކުޑަކުރާނެ ގޮތެއް އަދި ވިޔަފާރިތައް ކުރިއަރުވާނެ ގޮތެއްގެ ވާހަކަ މި ރިޔާސީ ބަޔާނުގައި ހިމަނާފައި ނުވެއެވެ. އަދި ތަކެތީގެ އަގު އިންތިހާއަށް އުފުލި، ދިރިއުޅުމުގެ އަގު ބޮޑުވެ، ރައްޔިތުން ބިކަވެ، ވިޔަފާރި ހަރުގަނޑުތައް ހުސްވާން ފަށައި، ވިޔަފާރި ގެތަކުގައި ބަންދު ބޯޑު އަޅުވަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން ފާހަގަކުރި ގޮތުގައި މިއަހަރުގެ ރިޔާސީ ބަޔާނުގައި ވަރަށް މުހިންމު ކަންތައްތަކެއް އުނިކޮށް، އެކަންކަމާ ގުޅޭ ވާހަކަތައް ދައްކާފައި ނުވާކަމަށް ބުނެފައިވެއެވެ. އަދި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ދޭން ފެށުމުން، ސަރުކާރަށް ތާއީދުކުރާ މެންބަރުން ވަނީ މަޖިލީހުގައި އަޑުގަދަކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ