މިއަހަރުގެ ރޯދަމަހުވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ލިބޭނެ: ރައީސް

މިއަހަރުގެ ރޯދަމަހުވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ލިބޭނެ: ރައީސް

ގުޅުންހުރި

 

މިއަހަރުގެ ރޯދަމަހުވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކޮށްފައިވަނީ މިއަދު ކުޑަހުވަދޫގައި އެރަށު ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ،

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދ. އަތޮޅުގެ ދަތުރުފުޅުގެ ތެރެއިން، ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ރޯދަމަހާ ގުޅިގެން ދެއްވާ އެހީތަކާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރެމުންދާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރޯދަމަހު ގޭބިސީތަކަށް ބެހުމަށް ހަމަޖެހިފައިވާ މަސްދަޅާ ގުޅޭގޮތުން ގިނަ ދޮގު ވާހަކަތަކެއް ދެކެވިފައިވެއެވެ. އަދި އެ ދޮގުތައް ހާމަވުމާ ގުޅިގެން، މިހާރު އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ މަސްދަޅުގެ ހަރަދު ހޯދުމަށްޓަކައި ސަރުކާރުން ކަރަންޓު ބިލު ބޮޑުކުރަން އުޅޭކަމުގެ ވާހަކަތައްކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު މި ވާހަކަ ކުރިންވެސް ވާނީ ދަންނަވާފަ. ޑިސެމްބަރު 8، 2024 ގަ އއ. މަތިވެރީގަ ރައްޔިތުންނާ ބައްދަލުކޮށްފަ އަޅުގަނޑު ދެންނެވިން. ކުރިން ރަމަޟާން މަހު ދިން ގޮތަށް މިފަހަރުވެސް ރަމަޟާން މަހު ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓު ދޭނަމޭ. ހަމަ އެކަން އެގޮތަށް ކުރިއަށް ގެންދާނަން.

ރައީސް ވިދާޅުވި އެވެ.

ކުރީ އަހަރުގެ ރޯދަމަހެކޭ އެއްފަދައިން މި އަހަރުވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވުން ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ޔަގީންކަން ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ