އއ. މަތިވެރީގައި ހުޅުވާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް

ބީއެމްއެލްއިން ދ. ކުޑަހުވަދޫގައި އައު ސެލްފް ސަރވިސް އޭޓީއެމްއެއް ހުޅުވައިފި

ބީއެމްއެލްއިން ދ. ކުޑަހުވަދޫގައި އައު ސެލްފް ސަރވިސް އޭޓީއެމްއެއް ހުޅުވައިފި

ގުޅުންހުރި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދ. ކުޑަހުވަދޫގައި އައު ސެލްފް ސަރވިސް އޭޓީއެމްއެއް ހުޅުވައި، އަދި އެރަށުގައި އަލަށް ހަދާ ބްރާންޗުގެ ބިންގާވެސް މިއަދު އަޅައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ބީއެމްއެލްގެ ޗެއަރޕާސަން އަހްމަދު އަލީ ހަބީބު އަދި ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އައު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ބްރާންޗަށް ޒިޔާރަތްނުކޮށް 24 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި، ކާޑުތަކަށާއި ލޯނުތަކަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެއެވެ. ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ ކުޑަހުވަދޫގައި ޚިދުމަތް ފުޅާކުރެވުމަކީ މުޖުތަމައުއާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމުގައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއް ގާއިމްކޮށްފައިވާ ބީއެމްއެލްގެ މިވަގުތު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރު އަދި 153 އޭޓީއެމް ޤާއިމްކުރެވިފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ