ވެލިދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލައިގަނެ، ދެ މީހަކު ހައްޔަރުކޮށްފި

ވެލިދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލައިގަނެ، ދެ މީހަކު ހައްޔަރުކޮށްފި

ގުޅުންހުރި

ނާކޮޓިކްސް އިންޓެލިޖެންސާއި ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވެލިދޫގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އަތުލައިގަނެ، ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރެވުނު ދެ މީހުންގެ ތެރޭގައި ހިމެނެނީ ނ. ވެލިދޫ ހުދުއަސުރުމާގޭ އަބްދުއްލަޠީފް މޫސާ (47 އަހަރު) އާއި ނ. ވެލިދޫ ނެދުންގޭ މުޙައްމަދު މާޢިދު (28 އަހަރު) އެވެ. ފުލުހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 440.7 ގުރާމެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަބްދުއްލަޠީފް މޫސާ 32 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ. އަދި މުޙައްމަދު މާޢިދު 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލައިގެ ތަޙްޤީޤު ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ކުރިއަށެވެ. އަދި މިފަދަ މައްސަލަތައް ހުއްޓުވުމަށްޓަކައި ފުލުހުން ދަނީ ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. މިފަދަ ކުށްތަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް އާންމުންނަށް ލިބިވަޑައިގަންނަވާނަމަ، އެ މަޢުލޫމާތު ފުލުހުންގެ ހޮޓްލައިނަށް އެންގެވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ