މިމަހު މިހާތަނަސް 365،829 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި

މިމަހު މިހާތަނަސް 365،829 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފި

ގުޅުންހުރި

މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިމަހުގެ 19ވަނަ ދުވަހާއި ހަމައަށް 365،829 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް 241،863 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާއިރު، މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް، 150،966 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 6.7 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެވްރެޖު ގޮތެއްގައި މިއަހަރުގެ މިހާތަނަށް ކޮންމެ ދުވަހަކުވެސް ރާއްޖެއަށް 7،317 ފަތުރުވެރިން ޒިޔާރަތް ކުރާ ކަމަށްވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަހަރުގެ މިހާތަނަށް ފަތުރުވެރިން އެންމެ ގިނައިން އައިސްފައިވަނީ ޗައިނާއިން ކަމަށްވާއިރު، އެގައުމުން 54،648 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިން ކަމަށްވާއިރު އެއީ 36،371 ފަތުރުވެރިންނެވެ. އިނގިރޭސިވިލާތުން 35،566 ފަތުރުވެރިންނާއި، އިޓަލީވިލާތުން 32،825 ފަތުރުވެރިންނާއި، އަދި ޖަރުމަނުވިލާތުން 22،095 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ