ގަޔާނާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް، ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ފޮނުއްވައިފި

ގަޔާނާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް، ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ފޮނުއްވައިފި

Author
ހުސައިން
23 ފެބްރުއަރީ 2025 01:59
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ގަޔާނާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ މުޙައްމަދު އިރުފާން ޢަލީ އަށާއި، އެ ޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މާކް ފިލިޕްސްއަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ގަޔާނާގެ ރައީސަށާއި ބޮޑުވަޒީރަށް ވަކީން ފޮނުއްވި މެސެޖުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތަކާއި އުފާފާގަތިކަން މިންވަރުކުރެއްވުމަށާއި ގަޔާނާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.

ގަޔާނާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ، 1970 ވަނަ އަހަރު، އެ ޤައުމު ޖުމްހޫރިއްޔަތަކަށް ބަދަލުވުން އިޙުތިފާލުކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.