މުޙައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވުމުގެ ކުޑައިރުކޮޅެއް ކުރިން ނެގި ވީޑިއޯއެއް، އޭނާގެ ގާތް އެކުވެރިޔާ މަރްޒޫޤް އަޙްމަދު (މަރޭ) ފޭސްބުކްގައި ހިއްސާކޮށްފިއެވެ. މެޒޯ މޯޑް ނިޔާވީ 59 އަހަރުގައެވެ.
މަރްޒޫޤް ހާމަކުރި ގޮތުގައި، މެޒޯ މޯޑް ނިޔާވުމުގެ އެންމެ ދެ ގަޑިއިރު ކުރިން ނެގި މި ވީޑިއޯގައި ފެންނަނީ، އޭނާ ސެލޫނަކަށް ގޮސް ބޯކޮށާލުމަށްފަހު ލޯ ކަޅު އައިނެއް އަޅައިގެން އިން މަންޒަރެވެ. މި ވީޑިއޯ ނެގުމަށް މެޒޯ މޯޑް އަމިއްލައަށް އެދުނު ކަމަށް މަރްޒޫޤް ބުނެފައިވެއެވެ. އެއީ އުމުރުން 60 އަހަރު ފުރުމާ ކައިރިވެފައިވާތީއެވެ. މަރްޒޫޤް ހާމަކޮށްފައިވާ ގޮތުގައި މެޒޯ މޯޑް އެވީޑިއޯ ކޮށްފައިވަނީ މެޒޯ މޯޑްގެ އަދުމަށް ވީގްރާފައެއް މެދުވެރިކޮށް، އުމުރުން 60 އަށް އެޅުމުގެ ކުރިން 50ގެ އަހަރުތަކުގައި ނަގާ ފަހު ވޯޑިއޯއެއްގެ ގޮތުގައި އެ ވީޑިއޯކުރުމަށް މެޒޯ މޯޑް ބޭނުން ވެގެންނެވެ.
ވީޑިއޯގައި މެޒޯ މޯޑް ވާހަކަ ދައްކާ އަޑުވެސް އިވެއެވެ. ދެން އެ ވީޑިއޯގައި ފެންނަނީ މެޒޯ މޯޑް ބޯ ކޮށުމަށް ފަހު، ބޮލަށް ގެނައި ޑިޒައިނައެކު، ކަޅު އައިނު އަޅައިގެން ވޯޑިއޯއަށް ހުޓި އިންނަ މަންޒަރެވެ.
މެޒޯ މޯޑް ނިޔާވުމުގެ 45 މިނެޓު ކުރިން މަރްޒޫޤްއާއެކު ކޮފީ ބުއިމަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އެ ފޮޓޯތަކުގައިވެސް މެޒޯ މޯޑް ފެންނަނީ ވީޑިއޯގައި ފެންނަ ހެދުމާއި އައިނުގައެވެ.
މިއުޒިކްގެ ދާއިރާއަށް 1977 ވަނަ އަހަރު ކްލަބް ކޯބްރާސްއިން ފުރަތަމަ ނުކުތް މެޒޯ މޯޑަކީ ވަރަށް މަގުބޫލު ލަވަކިޔުންތެރިއެކެވެ. އޭނާގެ އަޑު އިވިގެންދިޔަ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ކަމަނަ ގޯތީ އާދަނުތާ"، "ވެއްޖެ ކަމަކާ ހައްޖާ ހަމައޭ"، "ޖިސްމު"، "ރޯނުއެދުރު"، "އެޅި މިކަނޑުމަތި"، "މާލިއަރާނޭ މާލިއަރާނޭ"، އަދި "އަކިރި ދެމޭ" ހިމެނެއެވެ. މީގެ އިތުރުން "އުޑުން ތަރިތައް"، "ވިސްނާ ވިސްނާ"، އަދި "ދާނެހޭ ތިހަނދާން ފިލާ" ފަދަ ލަވަތަކަކީވެސް އޭނާގެ މަޝްހޫރު ލަވަތަކެވެ.
ކޮމެންޓު ފޮނުވާ