ބާރުއޮތީމަ ހުރިހާކަމެއް ކޮށްލެވޭނެ ކަމަށް ހީނުކުރޭ: ހުސެއިން

ބާރުއޮތީމަ ހުރިހާކަމެއް ކޮށްލެވޭނެ ކަމަށް ހީނުކުރޭ: ހުސެއިން

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2020 10:40
0

މިއަދު ދައުލަތުގެ ހުރިހާ ބާރެއް އަތުގައި އޮތުމުން ބޭނުންހާ ކަމެއް ކޮށްލެވިދާނެކަމަށް ހީކުރުމަކީ ވަރަށްބޮޑު ކުށް ހީއެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ ޢިމާރާތުގައި 2017ވަނަ އަހަރުން ފެށިގެން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަޙްމަދު ޝިޔާމްގެ ބައްޕަ ދިރިއުޅުއްވަމުން ދިޔަ މައްސަލައިގަ މޭޖަރ ޝިޔާމްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ހުސެއިން ވިދާޅުވީ މިއަދު ފެނިގެންދަނީ ސަރުކާރުން ކުރާ ނޭއްގާނީ ހުރިހާ ކަމެއްގައި މުޅި ދައުލަތުގެ ޝާމިލުވުން އޮތް މަންޒަރުކަމަށެވެ.

ސަރުކާރުން ފެށުނީއްސުރެއް މަސައްކަތް ކުރަމުންދަނީ ދޮގާއި މަކަރާއި ހީލަތުން ކަންކަން ކުރުމަށް ކަމަށާއި، މިއަދުވެސް ފެނިގެން މިދަނީ އެމަންޒަރުކަމަށެވެ. މިކަމުގައި މިއަދު ދައުލަތުގެ މުއައްއަސާތައް ބައިވެރިވާތަން ފެންނަމުންދާކަމީ ހިތާމަ ހުރި ކަމެއްކަމަށާއި، ހުރިހާ ބާރެއްލިބުމުން ރައްޔިތުންނާއި ދޭތެރޭގައި ބޭނުންހާ ގޮތަކަށް ކަންކަން ކުރެވިދާނެކަމަށް ގަބޫލު ކުރުމަކީ ކުށް ހީއެއްކަމަށް ހުސެއިން ވިދާޅުވިއެވެ.

ދޮގާއި މަކަރާއި ހީލަތުން ޒާތީ ހަސަދަ ފިލުވަން އެމްޑީޕީ އިން ކުރާ މަސައްކަތުގައި މުޅި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ބައިވެރި ވާތަން ވަރަށް ބޮޑަށް ފެންނަމުން މިދަނީ. އިންސާފު ޤާއިމްކޮށް ދެވޭނެ މާހައުލެއް މިއަދަކު ނެތް. ބާރުތައް އޮތީމަ ހުރިހާ ކަމެއް ކޮށްލެވޭނެ ކަމަށް ހީނުކުރޭ.

– ހުސެއިން ވިދާޅުވިއެވެ.

ސިފައިންގޭގައި ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ ޖެނެރަލް ޝިޔާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ މައްސަލަތާއި ގިނަ ބައެއްގެ ފާޑުކިޔުން އަމާުވެފައިވާއިރު، މިއީ ސަރުކާރުން ދައުކަތުގެ ޚިދުމަތްތެރީންގެ އަބުރު ނަގާލައި ނުހައްގުން އަނިޔާ ދިނުމަށް ކުރަމުންދާ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުނެވެ. އަދި މިދައުވާއަކީ ޤާނޫނީ ބުރަދަނެއްނެތް މީގެ ކުރިން ތަހުގީގް ނިންމައި ދައުވާ ނުކުރަން ނިންމާފައިވާ މައްސަލައަކަށްވާއިރު، މައްސަލަ އަލުން ރިވިއުކޮށް ދައުވާ އުފުލާފައިވަނީ ވަކި ބައެއްގެ ހިންހަމަ ޖެހުމަކަށް ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.