"ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް" ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތިން ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

"ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް" ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތިން ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

Author
ހުސައިން
22 ފެބްރުއަރީ 2025 04:18
0

ފުލުހުންގެ އިދާރާއިން 2025 ވަނަ އަހަރަށް ރާވާފައިވާ "ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް" ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި މިއަދު ތިން ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ޕްރޮގްރާމުގެ ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޕްރޮކްސީ ހަމަޖެހުނުއިރު، މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އެސްއެސް ޓީވީ ހަމަޖެހުނެވެ.

މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. އަދި އެމްޕީއެލްގެ ފަރާތުން ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު މުއީނާއި، ޕްރޮކްސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝާހިދު އަދި އެސްއެސް ޓީވީގެ ފަރާތުން ޗީފް ކޮންޓެންޓް އޮފިސަރ މުހައްމަދު ޒަހީން ސޮއިކުރެއްވިއެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމުގެ ދަށުން މުޖުތަމައުއާ ގުޅިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.