ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ގުޅުންހުރި

ހއ. ދިއްދޫގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފެށިއްޖެއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ.

ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވި ގޮތުގައި މި ޚިދުމަތް ފެށުމުން ދިއްދޫގެ ތިމާވެށި ހިމާޔަތްކުރެވި، ރައްޔިތުންގެ ސިއްހަތަށާއި ލޯކަލް ވިޔަފާރިތަކަށް ވެސް މީގެ ފައިދާ ކުރާނެއެވެ. އަދި ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން ވެމްކޯގެ ޚިދުމަތް ވީހާވެސް އަވަހަކަށް ފައްޓަވައިދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް ފާހަގަކުރެއްވި ގޮތުގައި ކުނި މެނޭޖްކުރުމުގައި ކުޑަކުދިންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް ބޭނުންވާ މަޢުލޫމާތު ރަނގަޅަށް ދެވިއްޖެނަމަ، ގޭގޭގެ ކުނި ބައިކޮށް ވަކިކުރުމުގެ މަސައްކަތް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވެމްކޯގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްކުރަމުންދެއެވެ. އެގޮތުން ރަށެއްގެ ކައުންސިލުން ވެމްކޯގެ ޚިދުމަތަށް އެދިއްޖެނަމަ، އެކަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އުސޫލުގެ ތެރެއިން ކުރިއަށް ގެންދެވޭނެއެވެ. އަދި އެފަދަ މަސައްކަތްތަކަށް ވެމްކޯގެ މުވައްޒަފުން އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިމާވެއްޓާ ބެހޭ ވަޒީރާއި ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ވެމްކޯއިން ދެމުންދާ ޚިދުމަތަށް ކައުންސިލާއި ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. ސަރުކާރުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ޕްލޭންތަކާއި އިންތިޒާމުތައް ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ