ރަމަޟާން މަހަކީ ވިޔަފާރީގެ ފައިދާއާއި މަންފާ އިތުރަށް ހޯދާ މަހަކަށް ނުހެދުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.
"ރަމަޟާން މަހަށް ތައްޔާރުވުން" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ އޭގެ ބަދަލުގައި ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދީ، އެ މައްސަރުގެ ދަރުމަ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމުގައެވެ.
ތިމާގެ ބެލެހެއްޓުމުގެ ދަށުގައިވާ މުވައްޒަފުންނަށް، މިމަތިވެރި މައްސަރުގެ މަތިވެރި ދަރުމަ ލިބޭނޭ ގޮތަށް، އަޅުކަމަށް ފުށު ނާރާނޭހެން، މަސައްކަތުގެ މާހައުލު ބައްޓަން ކުރާށެވެ!
މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައިވަނީ ރޯދަމަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭނެ އެންމެ މުހިންމު ކަމަކީ އެމަހަށް ތިމާގެ ނަފްސު ހޭނުވުން ކަމުގައެވެ. އެގޮތުން ރޯދަމަސް ބައްދަލު ކުރުމުގެ ކުރީން، ފާއިތިވީ ރޯދަމަހުގެ ރޯދައެއް ނުހިފި ވާނަމަ އެރޯދައެއް ހިފުމަކީ ވާޖިބެއް ކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ. އަދި ރޯދައިގެ މަތިވެރި އަޖުރުން އެއްވެސް މިންވަރއް އުނިނިވެ، ރޯދަ ހިފޭނެގޮތަށް ރޯދަމަހާއި ބައްދަލު ކުރުމަށް ތައްޔާރުވާންޖެހޭ ކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ނަބިއްޔާ ހަދީސް ކުރައްވާފައި ވެއެވެ. "މީހަކު މާތްﷲ އަށްޓަކާ ރޯދައެއް ހިފައިފިނަމަ އެމީހެއްގެ މޫނު ނަރަކައާއި ހަތްދިހަ ޚަރީފް (އެބަހީ: ހަތްދިހަ އަހަރުގެ) ރާސްތާއަކަށް ﷲ ތަަޢާލާ ދުރުކުރައްވާނެތެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.