މާލޭގައި ބަލިވެފައިވާ އަދި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާ މައްސަލަ ތަހުގީގު ކުރަނީ

މާލޭގައި ބަލިވެފައިވާ އަދި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާ މައްސަލަ ތަހުގީގު ކުރަނީ

Author
ހުސައިން
20 ފެބްރުއަރީ 2025 07:55
0

މާލޭގައި ބަލިވެފައިވާ އަދި މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާ މައްސަލައިގައި ޖަނަވާރާބެހޭ މިނިސްޓްރީން ވަނީ ތަހުގީގު މަސައްކަތް ފަށައިފައެވެ.

މި މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއެކު، އެކަމާ ގުޅޭގޮތުން އަވަސް ފިޔަވަޅުތަކެއް އަޅަމުންދާކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. އަދި މިކަން ދިމާވާ ސަބަބު ހޯދުމަށްފަހު ވީހާވެސް އަވަހަކަށް އާންމުންނާ ހިއްސާކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ދީފައިވެއެވެ.

މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި، ބަލިވެފައިވާ އަދި މަރުވެފައިވާ ބައެއް ކޮތަރުތަކުގެ ފޮޓޯތަކެއްވެސް ހިމަނާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.