މަޖިލީހުގެ ޖަލްސާތައް މެދުކެނޑިފައި؛ މިއަދުވެސް ޖަލްސާއެއް ނެތް!

މަޖިލީހުގެ ޖަލްސާތައް މެދުކެނޑިފައި؛ މިއަދުވެސް ޖަލްސާއެއް ނެތް!

Author
އަހުމަދު
21 ޖުލައި 2026 02:36
0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ވެސް ބޭއްވުމަށް ތާވަލުކޮށްފައި ނުވާއިރު، ޖަލްސާތައް ނުބާއްވާ ސަބަބެއް މަޖިލީހުގެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. އާންމު އުސޫލުން ކޮންމެ ހަފުތާއެއްގެ ވެސް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް މަޖިލީހުގެ ޖަލްސާތައް ބޭއްވި ނަމަވެސް، މިހާރު ދެ ހަފުތާއެއްހާ ދުވަހަށް މި ވަނީ އެ ޖަލްސާތައް މެދުކެނޑިފައެވެ. އަދި މިދިޔަ ބުދަ ދުވަހުގެ ޖަލްސާ ނިންމަވާލެއްވި އިރު، ދެން ޖަލްސާއެއް އޮންނާނެ ދުވަހެއްވެސް ރިޔާސަތުން އިއުލާނުކުރައްވާފައެއް ނުވެއެވެ.

މިކަމާ ގުޅޭ ގޮތުން ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު އިއްޔެ ވިދާޅުވީ، ޖަލްސާއެއް އޮންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް މެންބަރުންނަށް ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. އަދި އަޑުއިވޭ ގޮތުގައި މި ހަފުތާގައި ވެސް ޖަލްސާއެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.