މަކަރާއި ހީލަތުގެ މައްސަލައިގެ ތަހްގީގަށް ދިވެހި ފިރިހެނަކު ހޯދަން އިއުލާން ކޮށްފި

މަކަރާއި ހީލަތުގެ މައްސަލައިގެ ތަހްގީގަށް ދިވެހި ފިރިހެނަކު ހޯދަން އިއުލާން ކޮށްފި

Author
ހުސައިން
20 ފެބްރުއަރީ 2025 11:31
0

ފުލުހުންގެ ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަންސްއިން ބަލަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ސ. ހިތަދޫ / ހަޒާރުމާގެ މުޙައްމަދު އުބާދަތު ޙުސައިން (29އ) ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އޭނާ ދިރިއުޅޭ ތަނެއް ޔަގީން ނުކުރެވޭތީ، ތަހުގީގަށް ހާޒިރުވުމަށް އަންގާ ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން އޭނާ ހާޒިރުވުމަށް އިއުލާނުކޮށްފައިވެއެވެ.

މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށްޓަކައި މިމަހުގެ 27 ވަނަ ދުވަހުގެ 14:00 އަށް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވެ ސާޖަންޓް އާދަމް ހަލީމްއާ ބައްދަލުކުރުމަށް ފުލުހުންވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.