އައްޑޫގައި ބީއެމްއެލް އިން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

އައްޑޫގައި ބީއެމްއެލް އިން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

ގުޅުންހުރި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ސިޓީގެ އިޤްތިޞާދީ ދުވެލި އިތުރަށް ހަރުދަނާކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުން، މިރޭ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ.

މި ޚިދުމަތް ތަޢާރަފުކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި، އައްޑޫ ސިޓީގެ މޭޔަރު އިސްމާޢީލް ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ. މި އައު ޚިދުމަތާއެކު، ކަސްޓަމަރުންނަށް 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓްކުރުމާއި ޑޮލަރު ނެގުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.

ހިތަދޫ ބްރާންޗުގައި މިހާރު ޤާއިމުކުރެވިފައިވާ ދެ އޭޓީއެމްގެ އިތުރުން މި އައު ޑޮލަރު އޭޓީއެމް އިތުރުވުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފު ވިދާޅުވީ، އައްޑޫގައި ޑޮލަރުގެ މުޢާމަލާތްތަކަށް އިތުރުވަމުންދާ ޑިމާންޑަށް އަމާޒުކޮށް، އަދި ގަމު ބްރާންޗުގައި އިސްލާމިކް ބޭންކިންގގެ ޚިދުމަތަށް ގެނެވުނު ބަދަލާއެކު، އައްޑޫ ސިޓީގައި ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ