އަމިއްލަ ފަރާތްތަކުން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ފެންވަރު ކަށަވަރު ކުރާނަން: ހައިދަރު

އަމިއްލަ ފަރާތްތަކުން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ފެންވަރު ކަށަވަރު ކުރާނަން: ހައިދަރު

އަމިއްލަ ފަރާތްތަކުން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ފެންވަރު ކަށަވަރު ކުރައްވާނެ ކަމުގައި މަތީ ތައުލީމާބެހޭ ފޯރަމްގައި މިނިސްޓަރ ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިކަން ހާމަކުރެއްވީ ޕީއެސްއެމްގެ "އަހާ ފޯރަމް" ރޭ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މަތީ ތައުލީމުދޭ އެންމެހާ މަރުކަޒުތަކުގެ ކިޔަވައިދިނުމުގެ ފެންވަރު ބެއްލެވުމަކީ މިނިސްޓްރީގެ އެންމެ އިސް އަމާޒެކެވެ. އަދި މި މަރުކަޒުތަކުން ފޯރުކޮށްދޭ ތައުލީމަކީ ސަރުކާރުން ކަނޑައަޅުއްވާފައިވާ ކޮލިފިކޭޝަން ފްރޭމްވޯކާ އެއްގޮތަށް ދެވޭ ތައުލީމެއްކަން ކަށަވަރުކުރެއްވުމަކީވެސް މިނިސްޓްރީގެ އަމާޒެކެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ކޯހެއް ފެށުމުގެ ކުރިންނާއި ނިމުމަށްފަހުގައިވެސް، އެ ކޯހެއްގެ ފެންވަރު ބެލެހެއްޓުމުގެ މަސައްކަތް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކުރައްވަމުން ގެންދަވާނެއެވެ. މި މަސައްކަތުގައި ދިމާވާ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރައްވަމުންދާކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން، ރާއްޖޭގެ އަމިއްލަ ކޮލެޖުތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުން ފޯރުކޮށްދޭ ތައުލީމަކީ ރައްޔިތުން އިތުބާރުކުރާ، އަދި ބަލައިގަންނަ ފެންވަރަކަށް ފެތޭ ތައުލީމަކަށް ހެއްދެވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *