ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، 12 ޖަނަވަރީ 2025 – "ރޯދަ ސާފު" ޕްރޮގްރާމްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެއްޖެއެވެ. މިއީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ހަރަކާތުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުން 500 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ.
މި ޙަރަކާތުގައި އެމް.އޭ.ސީ.އެލްގެ ޓީމްތަކުން ސާފު ކުރާނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެކި ސަރަހާއްދުތަކެވެ. މިއީ ފަސިންޖަރުންނާއި މުވައްޒަފުންނަށް ހިތްހަމަޖެހޭ މާހައުލެއްގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭއްވުމަށް ކުރެވޭ މަސައްކަތެކެވެ.
އެމް.އޭ.ސީ.އެލްއިން އަބަދުވެސް އެއަރޕޯޓް ސާފު ކުރުމުގެ ހަރަކާތްތައް "ގްރީން އެއަރޕޯޓް" އިނިޝިއޭޓިވްގެ ދަށުން އަހަރުގެ އެކި ދުވަސްވަރު ކުރިޔަށް ގެންދެއެވެ.