އުއްތަމަ ފަނޑިޔާރު | ފޮޓޯ: މިހާރު

ހުކުމްތައް އިއްވުމުގައި އިހުސާންތެރި ވާންވާނީ ޖަޒުބާތުގައި ނުޖެހި: އުއްތަމަ ފަނޑިޔާރު

ހުކުމްތައް އިއްވުމުގައި އިހުސާންތެރި ވާންވާނީ ޖަޒުބާތުގައި ނުޖެހި: އުއްތަމަ ފަނޑިޔާރު

ގުޅުންހުރި

ފަނޑިޔާރުން އިންސާފުވެރި ހުކުމްތައް އިއްވުމުގައި އިހުސާންތެރިކަމާއެކު މަސައްކަތް ކުރި ނަމަވެސް، ޖަޒުބާތުގައި ނުޖެހި ޢަދުލުވެރިކަމާއެކު ހުކުމް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

މެޖިސްޓްރޭޓުންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ހާމަކުރެއްވި ގޮތުގައި، އެ ރަސްމިއްޔާތަށް ވަޑައިގެންނެވީ 2010 ވަނަ އަހަރު މާލޭގައި ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް އިސްތިއުނާފުކުރި މައްސަލައިގެ ހުކުމް އިއްވުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.

އެ މައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން ރޭގަނޑު ދެ ގަޑިއިރު ވަންދެން ވިސްނަވަން އޮންނެވި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ. އެގޮތުން ހުކުމް ލިޔެ ނިމިފައި އޮތް ނަމަވެސް، މައްސަލައިގެ ބޮޑުކަމުން އެކަމާމެދު ވިސްނުން ބަހައްޓަވައިގެން އޮންނެވި ކަމަށް ވިދާޅުވިއެވެ. އަދި އެ ވަގުތު ހުރިހާ ފަނޑިޔާރުން ހިމެނޭ ގްރޫޕަކަށް މެސެޖެއް ކުރެއްވި ނަމަވެސް، ވަގުތު ލަސްވެފައިވާތީ އެ މެސެޖު ޑިލީޓްކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ.

ރޭގައި 12 ޖެހީއްސުރެ 2 ޖަހަންދެން ހޭލާ ހުރިން. ކޮން ކަމެއްތޯ ކުރީ؟ ވިސްނަން. އިތުރު އެއްވެސް ކަމެއް ނުކުރަން.. [ހުކުމް] ލިޔެ ނިމިފައި އޮތީ. އިތުރު މާ ބޮޑު ވާހަކައެއް ނުވަތަ އެއަށް އިތުރުކުރާނެ އެއްޗެއް ވެސް ނެތް، އެކަމަކު، އެ ރައުޔާ ދޭތެރޭގައި ވިސްނާފައި އެއީ ބޮޑު ކަމަކަށް ވާތީ، ދެ ފަރާތަށް ފުރޮޅި ފުރޮޅި އެނދުގައި އޮތިން 2 ޖަހަންދެން."

އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މަރިޔަމް ނަޒާހާގެ ޖަލު ހުކުމް ދެމެހެއްޓުމަށް ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދުގެ އަޣުލަބިއްޔަތުންނެވެ. އެހެންނަމަވެސް ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔަކީ އެ ހުކުމް ބާތިލުކުރަން ޖެހޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ