ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަސް މިސްކިތެއް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި މަސައްކަތުގެ ތެރޭގައި މަސްޖިދު އިސްކަންދަރު، މަސްޖިދު އިބްރާހިމް، މަސްޖިދު ޝަހީދު އަލީ، މަސްޖިދުލް ސުލްތާނުލްއާދިލް އަދި މަސްޖިދު އަފީފުއްދީން ހިމެނެއެވެ.
ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި އަގު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށެވެ. އަގު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ހ.ހުޅުގަލި، ކަރަންކާ މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އިދާރާގެ އެއްވަނަ ފަންގިފިލާގައެވެ.