އައްޑޫ ކައުންސިލްއިން މަސްދަޅު ކޭސްތައް ގޭގެއަށް ގެންގޮސްދީ ހަވާލުކޮށްދެނީ

އައްޑޫ ކައުންސިލްއިން މަސްދަޅު ކޭސްތައް ގޭގެއަށް ގެންގޮސްދީ ހަވާލުކޮށްދެނީ

Author
ހުސައިން
15 ފެބްރުއަރީ 2025 03:45
0

އައްޑޫ ސިޓީ ކައުންސިލުން، ރަމަޟާން މަހަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. މީގެކުރިން ރައްޔިތުން އަމިއްލައަށް މަސްދަޅު ކޭހާ ހަވާލުވުމަށް ކުރެވުނު އިޢުލާން ވަނީ ބާޠިލުކޮށް، އަލުން އައު އިންތިޒާމުތަކެއް ހަމަޖައްސާފައެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިޢުލާނުގައިވާ ގޮތުން، ކުރިއަށް އޮތް ހޯމަ ދުވަހުން ފެށިގެން ކައުންސިލްގެ އަވަށު އޮފީސްތަކުގެ މުވައްޒަފުން މީހުން ދިރިއުޅޭ ގެތަކަށް ޒިޔާރަތްކޮށް މަސްދަޅު ކޭސް ހަވާލުކުރާނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ގޭބިސީއަކަށް އެއް ކޭސް މަސްދަޅު ލިބިދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.