ފަނޑިޔާރުންގެ މަހާސިންތާ ފަށައިފި

ފަނޑިޔާރުންގެ މަހާސިންތާ ފަށައިފި

Author
ހުސައިން
15 ފެބްރުއަރީ 2025 03:42
0

ރާއްޖޭގެ ޖުޑިޝަރީގެ އެންމެހާ ފަރާތްތަކުގެ ބައިވެރިވުމާއެކު މިއަދު ވަނީ ފަނޑިޔާރުންގެ މަހާސިންތާ ފެށިފައެވެ. މި މަހާސިންތާ ފައްޓަވައިދެއްވީ އުއްތަމަފަނޑިޔާރު މުހުތަސިމް އަދުނާނެވެ. މާލޭގައި ބޭއްވޭ މި މަހާސިންތާ ދެމިގެންދާނީ ދެ ދުވަހުގެ މުއްދަތަށެވެ.

ޖުޑިޝަރީގެ އަހަރީ ޙަރަކާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މި މަހާސިންތާގައި ދިވެހިރާއްޖޭގެ އެންމެހާ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ. ކޮންމެ އަހަރެއްގެ ޤަޟާއީ އަހަރާ ގުޅުވައިގެން ބޭއްވޭ މި މަހާސިންތާގައި ޖުޑިޝަރީގެ އިސް ފަރާތްތަކުން ކަނޑައަޅުއްވާ މުހިންމު މައުޟޫތަކަށް މަޝްވަރާކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.