ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އެންމެ ފަޚުރުވެރިވާ އެއް ކާމިޔާބީ ހިލޭ މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދިނުން ކަމުގައި ކުރީގެ ރައީސް ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި ހިލޭ ޑިގްރީ ސްކީމް ތަޢާރަފުކޮށް، ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދިން ދުވަސް ފާހަގަކުރައްވާ ރައީސް ސާލިހު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ތައުލީމުން ހަމަހަމަ ގެނެސްދީ، ޤައުމު ބިނާކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިދޭ ކަމުގައެވެ. އަދި މިއަދަކީ، 6 އަހަރު ކުރިން އެމްޑީޕީގެ ވެރިކަމުގައި ހިލޭ ޑިގްރީ ސްކީމް ތަޢާރަފުކޮށް، ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދިން ދުވަސްކަން ފާހަގަ ކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ، އެއީ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އެންމެ ފަޚުރުވެރިވާ ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީ ކަމުގައެވެ.
އެގޮތުން އެމްޑީޕީގެ ވެރިކަން ނިމުނުއިރު، 18،000 އަށްވުރެ ގިނަ ދިވެހި ޒުވާނުން ޑިގްރީ ކޯސްތަކުގައި ބައިވެރިވެފައިވާއިރު، 8،500 ދިވެހި ޒުވާނުން މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވާކަން ފާހަގަ ކުރައްވާ ރައީސް ސާލިހު ވިދާޅުވީ ތަޢުލީމަކީ ހަމަހަމަކަން ގެނެސްދޭ އެއްޗެއް އަދި ޒުވާނުންނަށް ކުރިއަށް ދިއުމަށާއި ޤައުމު ބިނާކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިދޭ ކަމެއް ކަމުގައެވެ.
އަދި މި ޕްރޮގްރާމްގެ ކާމިޔާބީއަކީ އެކަމުގެ ހެއްކެއް ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.