ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ދިޔަ ބެލްޖިއަމްގެ ފަތުރުވެރިއެއްގެ ލަގެޖުން ނަންނުގައްޗެއް ފެނިއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ދިޔަ ބެލްޖިއަމްގެ ފަތުރުވެރިއެއްގެ ލަގެޖުން ނަންނުގައްޗެއް ފެނިއްޖެ

Author
ހުސައިން
13 ފެބްރުއަރީ 2025 11:03
0

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ދިޔަ ބެލްޖިއަމްގެ ފަތުރުވެރިއެއްގެ ލަގެޖުން ނަންނުގައްޗެއް ފެނިއްޖެއެވެ.

ބެލްޖިއަމްގެ ވީއާރްޓީ ނޫހުން ހާމަކޮށްފައިވާ ގޮތުގައި މި ނަންނުގަތި ފެނިފައިވަނީ މާރިއޯ ގޯސް ނަމަކަށް ކިޔާ ފަތުރުވެރިއެއްގެ ތަކެތީގެ ތެރެއިންނެވެ. ގާތްގަނޑަކަށް 10 ސެންޓިމީޓަރުގެ ދިގުމިނުގައި ހުރި މި ނަންނުގަތި ފެނުމާ ގުޅިގެން އެ ނޫހުން ފާހަގަކޮށްފައިވަނީ، ބެލްޖިއަމްގައި އެކި ބާވަތުގެ ހަރުފަ އުޅޭ ނަމަވެސް، "ވޮލްފް ސްނޭކް" ނުވަތަ ނަންނުގަތި އެ ޤައުމުން ފެނިފައިނުވާ ކަމަށެވެ.

އަދި މި ނަންނުގަތި ބެލްޖިއަމްގެ ކޮންމެވެސް ޒޫއަކަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.