ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ފައިނޭންސްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ފައިނޭންސްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

ގުޅުންހުރި

ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގް ޕްރޮޑަކްޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. މިގޮތުން ގެނެވުނު ބަދަލުތަކަކީ:

ރިއަލް އެސްޓޭޓް ފައިނޭންސިންގް

  • އިކުއިޓީ ( އަމިއްލަ އަށް ކުރަންޖެހޭ ޚަރަދު) 30% އިން 20% އަށް ދަށްކުރުން
  • ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން
  • ދިގު މުއްދަތަށް ކުއްޔަށް ހިފުމަށާއި، ކޮންޓްރެކްޓަރުންނާއި، ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، ކުންފުނިތަކާއި، މުއައްސަސާތަކާއި ރަޖިސްޓަރ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށްވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު މިހާރު ފައިނޭންސިންއަށް ހުށަހެޅޭނެގޮތް ހަމަޖެއްސުން

ގެސްޓްހައުސް ފައިނޭންސިންގް

  • ފައިނޭންސިންގްއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖެއްސުން
  • ގެސްޓްހައުސް ހިންގާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ 11% ގެ ރޭޓުން ފައިނޭންސިންގް ލިބުން
  • އަލަށް ފަށާ ގެސްޓްހައުސްތަކަށް 12% ގެ ރޭޓުން ފައިނޭންސިންގް ލިބުން

ވަރކިންގ ކެޕިޓަލް ފައިނޭންސިންގް

  • ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ފައިނޭންސިންގް ނެގޭ ގޮތް ހަމަޖެއްސުން
  • ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ލުއިކުރުން

މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއް ކަމުގައެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން ދާކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ