މި ފެށޭ ރޯދަ މަހުގައި ރައްޔިތުންގެނުގެންގޮސް، މަޖިލީހުގެ މިދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް މަޖިލީހުގެ އާންމު ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
މާފަންނު ދެކުނު ދާއިރާގެ ސަރުކާރު މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ މި މަހު 6 ގައި ފެށި މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި މި ދައުރު ކުރުކޮށްލުމަށެވެ. މަޖިލީހުގެ ކޮމެޓީން މި މައްސަލަ ބަލައި، ރިފާއު ހުށަހެޅުއްވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރިއެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހާ އެއްގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެވިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހިނގާނެއެވެ. ތިންވަނަ ދައުރު ހިނގާނީ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
މިހާރު މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ފުރަތަމަ ދައުރު ފެށެނީ ފެބްރުއަރީ މަހުގެ އެންމެ ފުރަތަމަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހުގައެވެ. އަދި މި ދައުރު ކުރިއަށްދަނީ ފެބްރުއަރީ މަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ދެވަނަ ދައުރު ހިނގަނީ ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފަހު ދައުރު ހިނގަނީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ރިފާއު ވަނީ މި އަހަރުގެ މަޖިލިސް ފެބްރުއަރީ މަހު ފެށުމަށްފަހު، މި މަސް ނިމުމުން މި ދައުރު ނިންމާލައި ރޯދަ މަހަށް މަޖިލިސް ޗުއްޓީއަށް ދިޔުމަށް ހުށަހަޅުއްވާފައެވެ.