ރުޤްޔާގެ ނަމުގައި ގަޔަށް އަތްލައި ފަރުވާ ކުރުމަކީ ދީންވެސް، ޤާނޫނެއްވެސް ދަންނަ ކަމެއް ނޫން

ރުޤްޔާގެ ނަމުގައި ގަޔަށް އަތްލައި ފަރުވާ ކުރުމަކީ ދީންވެސް، ޤާނޫނެއްވެސް ދަންނަ ކަމެއް ނޫން

Author
މުޙައްމަދު ޝަޒައިމް
30 ޑިސެމްބަރ 2020 10:30
0

ރުޤްޔާގެ ނަމުގައި ގަޔަށް އަތްލައި ފަރުވާ ކުރުމަކީ ދީނެއްވެސް ޤާނޫނެއްވެސް ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރ.ދުވާފަރުގައި ރުޤުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިސްމާނީ އަނިޔާކޮށް އަދި އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގައި މިކަމުގައި ޝާމިލުވި މީހުންނަށް ދައުވާ ކުރަން ފޮނުވިކަން ހާމަކޮށް ޕީޖީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރުޤުޔާ ކުރުމުގެ ނަމުގައި މީހާގެ ނުރުހުމުގައި ގަޔަތް އަތްލައި ފަރުވާ ކުރުމަކީ އިސްލާމްދީންވެސް އަދި ރާއްޖޭގައި ހެދިފައިވާ ޤާނުނުތައްވެސް ތަންދޭ ކަމެއް ނޫންކަމަށެވެ. އަދި މިގޮތަށްކުރެވޭ ކަންކަމަށް ޖާގަ ދެވިގެން ނުވާނެކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ރ. ދުވާފަރުގައި ރުޤްޔާ ކުރުމޭ ކިޔައިގެން ކުރީ ޖިސްމާނީ އަދި ޖިންސީ އަނިޔާ! ރުހުމާނުލައި ގަޔަށް އަތްލައިގެން "ފަރުވާ" ކުރުމަކީ ދީނެއްވެސް ޤާނޫނެއްވެސް ދަންނަ ކަމެއް ނޫން. މިމައްސަލައިގައި ޖިންސީ ކުށުގެ ޤާނޫނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ޤާނޫނުގެ ދަށުން ދަޢުވާ ކޮށްފިން.

– ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ އޮކްޓޫބަރު 2020 ދުވަހާއި ހަމައަށް އެކި ދުވަސްމަތިން އިސްމާޢީލް ވަޙީދުގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓައި، އިސްލާޢީލް ވަޙީދު އެގެއަށް ގެނައި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލް ކިޔާ މީހަކު ލައްވާ، ރުޤްޔާ ކުރުމޭ ކިޔައިގެން، އިސްމާޢީލް ވަޙީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާއާއި ޖިންސީ ގޯނާކުރި މައްސަލައާއި، އެކަން އިސްމާޢީލް ވަޙީދަށް އެނގިހުރެ ސިއްރުކުރި މައްސަލާގައި ދަޢުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާކަމަށެވެ.

މިމައްސަލާގައި ޖިންސީ ކުށުގެ ޤާނޫނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ޤާނޫނުގެ ދަށުން އިސްމާޢީލް ވަޙީދުގެ މައްޗަށް ވަނީ 4 ދައުވާ އެއް އުފުލާފައެވެ. އަދި މުޙައްމަދު އަޞީލްގެ މައްޗަށް ވަނީ 7 ދައުވާއެއް އުފުލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Mmmmm
Den keehve thoa efadha faraaiy thakaa medhu gaanoonee fiyavalhu neylhenee.faisaa ah ruqiyaa kuraa meehun v ginaraajeyga.harukashi fiyavalhu elhumah govaalan.