މެޒޯ މޯޑްގެ މޫނު ދެއްކުން މިއަދު 13:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި، ޖަނާޒާ އަސުރަށް ފަހު

މެޒޯ މޯޑްގެ މޫނު ދެއްކުން މިއަދު 13:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި، ޖަނާޒާ އަސުރަށް ފަހު

ގުޅުންހުރި

ރާއްޖޭގެ މިއުޒިކީ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އެއް ފަންނާނު ކަމުގައިވާ މުޙައްމަދު މާޖިދު (މެޒޯ މޯޑް)ގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. އޭނާ ނިޔާވެފައި ވަނީ ކުއްލި ގޮތަކަށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ. އުމުރުން 59 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން ނިޔާވި މެޒޯ މޯޑް އައިޖީއެމްއެޗަށް ގެންދެވުނު އިރު ވެސް ވަނީ ނިޔާވެފައެވެ.

މިއަދު މެންދުރު 13:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި މައްޔިތާއަށް ޒިޔާރަތްކުރުމާއި މޫނު ދެއްކުން އޮންނާނެއެވެ. އަދި އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކަށުނަމާދު ކުރުމަށްފަހު، އާސަހަރާގައި ކަށުމަކާއި ކަފުންލުމުގެ ކަންކަން ކުރިއަށްދާނެއެވެ.

މެޒޯ މޯޑަކީ ނުވަދިހައިގެ އަހަރުތަކުގައި ދިވެހި މިއުޒިކް ދާއިރާގައި އެންމެ މަޝްހޫރު އެއް ބޭންޑު ކަމުގައިވާ "މެޒޯ" ބޭންޑުގެ އިސް މެންބަރެކެވެ. އޭނާގެ އަމިއްލަ އުފެއްދުންތެރިކަމުގެ ދިވެހިވަންތަ ރާގުތަކުން ގިނަ ލަވަތަކެއް އުފައްދާ، ދިވެހިންގެ ލޯބި ހޯދާފައިވެއެވެ. "ވިސްނާ ވިސްނާ"، "ކަމަނަ ގޯތީ އާދަނުތާ"، "އަކިރި ދެމޭ"، "ރޯނުއެދުރު"، އަދި "ޖިސްމު" ފަދަ ލަވަތަކަކީ އޭރުގެ ސުޕަރހިޓް ލަވަތަކެވެ. މީގެ އިތުރުން "އެޅި މިކަނޑުމަތި"، "އުޑުން ތަރިތައް"، "ދާނޭހޭ ތިހަނދާން ފިލާ"، "މާލިއަރާނޭ"، އަދި "ވެއްޖެ ކަމަކާ ހައްޖާ ހަމައޭ" ފަދަ ލަވަތަކަކީ މިއަދުވެސް ގިނަ ބައެއްގެ ހިތްތަކުގައި ރައްކާވެފައިވާ ލަވަތަކެވެ.

މިއުޒިކީ ދާއިރާގައި 48 އަހަރުގެ ދިގު މުއްދަތެއް ހޭދަކުރި މެޒޯ މޯޑަށް 2010 ވަނަ އަހަރު މިއުޒިކީ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިފައިވެއެވެ.

އޭނާގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަމަކީ ދިވެހި މިއުޒިކް ދާއިރާއަށް ލިބުނު ބޮޑު ހަދިޔާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *