މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން 20 މީހަކު އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން 20 މީހަކު އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން 20 މީހަކު އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައިވާކަމަށް ކުރިމިނަލް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ޝަރުޢީ ކޯޓުތަކުން ވަރަށް ގިނަ މައްސަލަތަކެއް ނިންމާފައިވާކަން މި ތަފާސް ހިސާބުތަކުން ފާހަގަކުރެވެއެވެ. ކްރިމިނަލް ކޯޓުން އެކަނިވެސް މަސްތުވާތަކެއްޗާ ގުޅުންހުރި 228 މައްސަލަ ބަލައި، އޭގެ ތެރެއިން 95 ޕަސަންޓަށްވުރެ ގިނަ މައްސަލައިގައި ކުށް ސާބިތުވެފައިވާކަމަށް ކޯޓުން ހުކުމްކޮށްފައިވެއެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކަށް 305 މައްސަލަ ހުށަހެޅިފައިވާއިރު، މިއީ ޝަރުޢީ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ 42 ޕަސަންޓެވެ.

ކްރިމިނަލް ކޯޓުން ނިންމި މައްސަލަތަކުގެ ތެރެއިން 20 މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، އިތުރު ހަތް މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން 10.2 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ހުކުމްކޮށްފައިވާކަން ކްރިމިނަލް ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޯޓުން ބެލި މައްސަލަތަކުގެ ތެރެއިން ހަމައެކަނި ހަތް މައްސަލައެއްގައި ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *