3،000 ރުފިޔާގެ އިތުރަށް ރޯދަ އިނާޔަތުގެ ގޮތުގައި އެހެން ހަދިޔާތައް ނުދިނުމަށް އަންގައިފި

3،000 ރުފިޔާގެ އިތުރަށް ރޯދަ އިނާޔަތުގެ ގޮތުގައި އެހެން ހަދިޔާތައް ނުދިނުމަށް އަންގައިފި

Author
ހުސައިން
12 ފެބްރުއަރީ 2025 09:43
0

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދިނުމަށް އަންގާފައިވާއިރު، އޭގެ އިތުރުން ރޯދަ މަހާ ގުޅުވައިގެން އެހެން އެއްވެސް ހަދިޔާއެއް ނުދިނުމަށް ޕްރައިވަޓައިޒޭޝަން ބޯޑުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަންގައިފިއެވެ.

މީގެ އިތުރުން ޕީސީބީން ވަނީ އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނާ ގުޅޭގޮތުން ވަކި އުސޫލުތަކެއް ކަނޑައަޅާފައެވެ. މިގޮތުން މިފަދަ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭންޖެހޭނީ އެމީހެއްގެ އަސާސީ ވަޒީފާ އަދާކުރާ ކުންފުންޏަކުންނެވެ. އަދި ރޯދަ މަސް ފެށޭއިރު ނޯ ޕޭ ލީވް އާއި ޕޭ ލީވްގައި ތިބި ސްކޮލަޝިޕް މުވައްޒަފުންނަށް މި އިނާޔަތް ދިނުން ލާޒިމެއް ނޫނެވެ.

ނަމަވެސް، ރޯދަ މަހުގެ ތެރޭގައި ވަޒީފާއާ ގުޅޭ މުވައްޒަފުންނަށް އެ ގުޅުނު ދުވަހަކުން ފެށިގެން ރޯދަ އިނާޔަތަށް ޖެހޭ މިންވަރު ދޭންޖެހޭނެއެވެ. ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ މުވައްޒަފުންނަށް މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ދިނުމަށް އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.