ޑރ. އާދަމް ޝަމީމްގެ ޚާއްސަ ދަރުސެއް ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި

ޑރ. އާދަމް ޝަމީމްގެ ޚާއްސަ ދަރުސެއް ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި

Author
ހުސައިން
12 ފެބްރުއަރީ 2025 10:41
0

އަލް-އަސްރުން އިންތިޒާމް ކުރާ ޑރ. އާދަމް ޝަމީމްގެ ޚާއްސަ ދަރުހެއް މިއަންނަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. އެޗްޑީސީ އަދި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން "ފުރުސަތު" ގެ ނަމުގައި ބާއްވާ މި ދަރުސް ކުރިއަށްދާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރުއްގަނޑު 3 ސަރަހައްދުގައި ރޭގަނޑު 8:30 ގައެވެ.

އިލްމީ ގޮތުން ފުންނާބު އުސް އަދި ގިނަ ބައެއްގެ ލޯތްބާއި މަޤްބޫލުކަން ހޯދާފައިވާ ޑރ. ޝަމީމްގެ މި ދަރުސް، އަލްޢަޞްރުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށް ބެލޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ދާދިފަހުން ހުޅުމާލޭގައި ބޭއްވުނު އެމަނިކުފާނުގެ "ކަލަކުވޭ ބިރުވެތިވޭ" މައުޟޫޢުގެ ދަރުހަށް ވަރަށް ގިނަ ބަޔަކު ވަނީ ޝައުޤުވެރިކަމާއެކު ބައިވެރިވެފައެވެ. މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޝެއިޚް އަންނަނީ ދީނީ ދަރުސްތަކާއި ވޯކްޝޮޕްތައް ނަންގަވައިދެއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.