ވިލުފުށީގައި ހިނގި ސިހުރު ހެދުމުގެ މައްސަލައެއް ޕޮލިހުން ތަޙްޤީޤު ކުރަން ފަށައިފި

ވިލުފުށީގައި ހިނގި ސިހުރު ހެދުމުގެ މައްސަލައެއް ޕޮލިހުން ތަޙްޤީޤު ކުރަން ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ކޮޅުމަޑުލު ވިލުފުށީގައި ހިނގި ސިހުރު ހެދުމުގެ މައްސަލައެއް ތަޙްޤީޤު ކުރަން ފަށައިފިއެވެ.

މި މައްސަލައިގައި ވިލުފުށީގައި ހުންނަ ކެފޭއެއްގެ ދޮރުމައްޗަށް ސިހުރު ހަދާފައި ހުރި ކަމަށް ބެލެވޭ އެއްޗެހިތަކެއް އަޅާފައިވާކަމަށް ތުހުމަތު ކުރެވެއެވެ. ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން މިކަން ހިނގާފައިވަނީ ފެބްރުއަރީ 10 ވަނަ ދުވަހުގެ ރޭ 00:05 ގައެވެ.

ނަމަވެސް މިހާތަނަށް މިކަމާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފަހަކަށް އައިސް މިފަދަ ސިހުރު ހެދުމުގެ މައްސަލަތަކުގައި ބައެއް ފަރާތްތައް ވަނީ ހައްޔަރުކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *